ރައީސް ނަޝީދު ވޯޓު ދެއްވައިފި
ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ އިންތިޚާބުގައި ވޯޓު ދެއްވައިފިއެވެ.
މައްޗަންގޯޅި ދެކުނު ދާއިރާއަށް މިފަހަރުގެ އިންތިޚާބުގައި ވާދަކުރައްވާ ރައީސް ނަޝީދު ވޯޓު ދެއްވުމުގެ ހައްޤު ލިބިވަޑައިގެންފައިވާ ދާއިރާ އަކީ ގަލޮޅު އުތުރު ދާއިރާއެވެ.
ރައީސް ނަޝީދު ވޯޓު ދެއްވާފައި ވާއިރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ވޯޓުގެ ކަންތައް އަމާންކަމާއި އެކު ކުރިއަށްދާ ކަމަށް އިލެކްޝަންސް އިން ވަނީ ބުނެފައެެވެ.
އެގޮތުން ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ހަަމަ ނުޖުމެއް ނުހިނގާ ކަމަށް ވެއެވެ.
އިންތިޚާބުގެ ސަލާމަތީ ކަންތައް ބެލެހެއްޓުމަށް 500 އެއްހާ ފުލުހުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް