މިނިވަން ދުވަހާއި ގުޅިގެން އަލާގެ ޚާއްސަ ތަގުރީރެއް!
މިނިވަންދުވަހުގެ މުނާސަބަތާއި ގުޅިގެން ދިވެހި ތާރީޚު ދިރާސާކުރައްވާ ފަރާތެއްކަމުގައިވާ އަހުމަދު އަލާގެ ޚާއްސަ ތަގުރީރެއް އެމެރިކަން ސެންޓަރގައި ބޭއްވުމަށް ނިންމައިފިއެވެ.
ހެރިޓޭޖް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި އެމެރިކަން ސެންޓަރާއި އެމިނިސްޓްރީ ގުޅިގެން ބާއްވާ މި ހަރަކާތް އޮންނާނީ މިމަހުގެ 25ވާ ދުވަހުގެ ހަވީރު ފަހެއް ޖަހާއިރު އެމެރިކަން ސެންޓަރގައެވެ.
އެ މިނިސްޓްރީގެ ރިސާރޗް އެނެލިސްޓެއްގެ މަގާމު އަދާކުރަމުންދާ އަލާ ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވާ މައުޟޫއުއަކީ "ތާރީޚުގެ ތެރެއިން: ދިވެހިންގެ މިނިވަންކަން"އެވެ.
މި ތަގުރީރު އަޑުއެހުމަށް ބޭނުންވާ ފަރާތްތަކުން 9742972އަށް ގުޅައިގެން ނަންނޯޓުކުރުމަށް ހެރިޓޭޖް މިނިސްޓްރީން އެދެއެވެ.
އުމުރުފުުޅުން 29 އަހަރުގެ އަލާއަކީ ދިވެހި ތާރީޚާއި ގުޅޭގޮތުން އާންމުންގެ މެދުގައި މައުލޫމާތު ފެތުރުއްވުމަށް އެކިއެކި ވަސީލަތްތައް ބޭނުން ކުރައްވައިގެން މަސައްކަތް ކުރައްވާ ފަރާތެކެވެ. އަލާ ދެއްވާ ތާރީޚާއި ގުޅޭ ތަގުރީރުތަކަކީ އާންމުންގެ މެދުގައި ވަރަށް މަގުބޫލު ތަގުރީރުތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް