ވިނަރެސް ޓަވަރުތައް ހިމެނޭ ހިތިގަސް މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މިއަދު އިރު އޮއްސުނުފަހުން ހުޅުމާލޭ ފޭސް ދޭއްގެ ވިނަރެސް ޓަވަރުތައް ހުންނަ ހިތިގަސްމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ހިތިގަސްމަގުން ވިނަރެސް ތަވަރުތަކާ ދިމާލަށް ދާން އޮންނަ ފަޅީގައެވެ. މަންޒަރުދުށް ބައެއް ފަރާތްތަކުން ވޮއިސްއާ ވާހަކަދައްކަމުން ބުނީ އެކްސިޑެންޓް ހިނގާފައިވަނީ ދެ ސައިކަލް ޖެހިގެންކަމަސް ބެލެވޭ ކަމަށެވެ. މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އެމީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ. އެމީހާ ސްޓްރެޗަރުގައި އެމްބިއުލާންސަށް އެރުވިއިރުވެސް އޭނާގެ ހަރަކާތެއް ނެތްކަމަށް މަންޒަރުދުށް ފަރާތްތަކުން ވަނީ ބުނެފައެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި މި އެކްސިޑެންޓް ހިނގި ޕޮއިންޓަކީ މީގެ ކުރިންވެސް ވަރަށްގިނަ އެކްސިޑެންޓްތައް ހިނގާފައިވާ ސަރަހައްދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް