މަސައްކަތް ހުއްޓާލާނީ ރައީސް ޔާާމީން ވެރިކަމަށް ގެނައުމަށްފަހު: ޣައްސާން
ޕީޕީއެމްގެ ފަރާތުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ 2023ވަނަ އަހަރު ދިވެހިރާއްޖޭގެ ވެރިކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެނައުމަށްފަހުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޣައްސާން މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
އެބޭފުޅާ ވިދާޅުވީ ތިންހާސް އަހަރަށްވުރެ ދިގު މާޒީއެއް އޮތް ދިވެހި ތާރީޚު ދުށް އެންމެ ބޮޑު ޢުމްރާނީ ތަރައްޤީއެއް ކުރު 5 އަހަރުގެ ތެރޭގައި ހޯދައިދެއްވި މޭސްތިރިއަކީ ޕީޕީއެމްގެ ރައީސް، ރައީސް ޔާމީންކަމަށާއި ނަމަވެސް އެމަނިކުފާނު މިއަދު ވަނީ ސިޔާސީ ޙުކުމެއްގައި ގައިދުކޮށްފައި ކަމަށެވެ.
ޣައްސާން އިތުރަށްވަނީ ޕީޕީއެމްގެ ބަދަހި ލަޝްކަރުގެ މަސައްކަތް ހުއްޓައިލާނީ އެމަނިކުފާނު މިނިވަންކޮށް 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް އެމަނިކުފާނު އިންތިޚާބުކޮށްފައިކަމަށްވެސް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް