މިއަދު އެމްޑީޕީ މިތިބީ އެނބުރި އައިސްފަ: ރައީސް ނަޝީދު
މިއަދު އެމްޑީޕީ މިތިބީ އެނބުރި އައިސްފައިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މީގެ ހަތް އަހަރު ކުރިން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު، އޭރުގެ އެމްޑީޕީގެ ސަރުކާރު ވެއްޓުނު މުނާސަބަތާއި ގުޅުވައިގެން ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވީ މީގެ ހަތް އަހަރު ކުރިން މި ދުވަހު އެމްޑީޕީން ބުނީ މި އޮޑިއެއް ނުފެތޭނެކަމަށާއި މި އަޒުމެއް ނުގުޑާނެކަމަށާއި މި ފިކުރެއް ރާއްޖެއަކުން ނުފޮހެވޭނެކަމަށެވެ. އަދި އެމްޑީޕީން އެނބުރި ވެރިކަމަަށް އަންނާނަމޭ ބުނިކަމަަށްވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ މިއަދު އެމްޑީޕީން އެނބުރި އައިސް މިތިބީ އަދި މާ އުފާވެރި ޚަބަރަކާ އެކުގައި ކަމަށެވެ.
އެއީ އެޖެންޑާ19 ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެމްޑީޕީ އަށް ވޯޓް ދެއްވާ ރާއްޖެ ސަލާމަތް ކުރައްވާ"، ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް