ބުރެވިމާގެ ޒާހިރު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރައްވައިފި
ދައުލަތަށް ގިނަ ދުވަސްވަންދެން ޚިދުމަތްކޮށްދެއްވި އިއްޒަތްތެރިއެއްކަމުގައިވާ ހ.ބުރެވިމާގެ މުހައްމަދު ޒާހިރު، ދެމިއޮތުމުގެ އާލަމަށް ދަތުރުކުރައްވައިފިއެވެ.
އެމަނިކުފާނު އަވަހާރަވީ ހުކުރު ދުވަހުގެ ރޭ 11:30 ހާއިރު، އައިޖީއެމްއެޗްގައެވެ. އެމަނިކުފާނު ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައި ވަނީ ކުއްލި އާލާސްކަންފުޅަކާ ގުޅިގެން ބުރާސްފަތި ދުވަހުގައިކަމަށް އާއިލާާއިން މައުލޫމާތުދެއެވެ.
މުޙައްމަދު ޒާހިރަކީ މެދުނުކެނޑި 63 އަހަރަށް ވުރެ ގިނަ ދުވަހު ސަރުކާރުގެ ޚިދްމަތުގައި ހޭދަކުރެއްވި ބޭފުޅެކެވެ. މަޙްކަމަތުއް ދާޚިލިއްޔާގެ ކާތިބުކަމާ އެކު 5 އޯގަސްޓް 1942 ގައި ސަރުކާރުގެ ޚިދްމަތާ ގުޅިވަޑައިގެން، މުޙައްމަދު ޒާހިރު ފުރުއްވާފައިވާ މުހިންމު މަގާމުތަކުގެ ތެރޭގައި، ވަޒީރުލްއަޢުޡަމްގެ ޚާއްޞަ ސެކްރެޓަރީ ކަމާއި، ވަޒީރުންގެ މަޖިލީހުގެ ސެކްރެޓަރީ ކަމާއި، ޓެލެކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ވެރިޔާކަމާއި، ކަސްޓަމްސްގެ ވެރިޔާކަން ހިމެނެއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ޕްރައިވެޓް ސެކްރެޓަރީ ކަމުގެ މަގާމު ވެސް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ.
އެމަނިކުފާާނު ވަނީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެންބަރުކަމާއި، ފާދިއްޕޮޅު މެންބަރުކަމާއި، ކޮޅުމަޑުލު މެންބަރުކަން ވެސް ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް