ސަލްމާން އަދި ޝާހް ރުކް ހާން އެކުގައި ފިލްމެއް ކުޅެނީ؟
ސަންޖޭލީލާ ބަންސާލީ އަންނަ އަހަރުގައި ރިލީޒްކުރަން ނިންމާފައިވާ ފިލްމުގައި ސަލްމާން އަދި ޝާހު އެކުގައި ފެނިގެން ހިނގައިދާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ސަލްމާން އަދި ޝާހު އެކުގައި ފިލްމަކުން ފެނިގެންދިއުމަކީ ގިނަ ބަޔަކު އެކަމަށް އަބަދުވެސް ޑިމާންޑް ކުރާކަމެކެވެ. ނަމަވެސް ފަހަކަށް އައިސް އެދެމީހުން އެކުގައި ފެނިގެން ގޮސްފައިވަނީ ޓީވީ ރިއަލީޓީ ޝޯތަކާއި އަދި އެވޯޑް ޝޯތަކުންނެވެ.
އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ސަންޖޭލީލާ ބަންސާލީ އަންނަ އަހަރުގެ ބޮޑު އީދާއި ދިމާކޮށް ރިލީޒްކުރުމަށް ނިންމާފައިވާ ފިލްމުގައި ފެނިގެންދާނީ ޝާހު އަދި ސަލްމާން ކަމަށެވެ. ސަންޖޭ ލީލާ ބަންސާލީ ގެ އެ ފިލްމުގައި ލީޑްރޯލުން ސަލްމާން ފެނިގެންދާއިރު ޝާހުވެސް ފެނިގެންދާނީ މުހިއްމު ރޯލަކުން ކަމަށް އިންޑިއާގެ ނޫސްތަކުގައިވެއެވެ.
ނަމަވެސް މިފިލްމުގެ ނަމެއް އަދި މިހާތަނަށް އިއުލާން ކޮށްފައިނުވާއިރު، އެފިލްމާއި ބެހޭ މާބޮޑު މައުލޫމާތެއްވެސް ފިލްމު އުފައްދާ ފަރާތުން އަދި މިހާތަނަށް ދީފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް