ލަކްސް ސްޓައިލް އެވޯޑްސް: އެންމެ މޮޅު ލަވަކިޔުންތެރިއަކަށް އާތިފް
ޕާކިސްތާން އަދި އިންޑިއާގައިވެސް ގިނަ ބައެއްގެ މަޤްބޫލްކަން ހޯދާފައިވާ އާތިފް އަސްލަމްއަށް ލަކްސް ސްޓައިލް އެވޯޑްސް 2019ގެ އެންމެ މޮޅު ޕްލޭބެކް ސިންގަރގެ އެވޯޑް ލިބިއްޖެއެވެ.
އާތިފްއަށް އެ އެވޯޑް ލިބުމާއެކު ލަކްސް ސްޓައިލް އެވޯޑްސްއިން ވަނީ އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާ، އެއީ އޭނާއަށް ހައްޤު އެވޯޑެއް ކަމަށް ބުނެފައެވެ.
އުމުރުން 36 އަހަރުގެ އާތިފް އަކީ ބޮލީވުޑްގެ ގިނަ ލަވަތަކެއް ކިޔައިދީފައިވާ ފަންނާނެކެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ ފިލްމު ކަލްޔުގްއަށް ކިޔައިދިން ލަވަ "އާދަތު" ރިލީޒް ކުރި ހިސާބުންނެވެ.
އާތިފް އަކީ ލަވަކިޔުންތެރިއެއް ނަމަވެސް އޭނާ ވަނީ 2011 ވަނަ އަހަރުގައި ފިލްމެއްވެސް ކުޅެފައެވެ. އެ ފިލްމަކީ "ބޯލް"އެވެ.
ލަވަކިޔުމުގެ ދާއިރާއިން މިހާތަނަށް އާތިފްއަށް ގިނަ އެވޯޑްތަކެއް ލިބިފައިވެއެވެ. އޭގެ ތެރޭގައި އަލަށް ތައާރަފްވި އެންމެ މޮޅު ލަވަކިޔުންތެރިޔާގެ އެވޯޑްވެސް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް