ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށް މަސައްކަތް ކުރާނަން- ނާސިފު
ހެންވޭރު ހުޅަނގު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓް އަހުމަދު ނާސިފު ވޮއިސް އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ އޭބޭފުޅާއަކީ ރައްޔިތުންނާއި ގުޅިގެން މަަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ.
މީގެއިތުރުން ކުރިއަށް އޮތް ފަސް އަހަރު ބޯހިޔާވަހިކަމާއި، ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަމުގެ އިތުރުން ރައްޔިތުންގެ ދިރިއުޅުމަށް ފަހިކަން ގެނެސްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ގައުމަށް ދިމާވާނެ ކޮންމެ ނުރައްކަލަކުން ގައުމު ދިފާއުކުރުމަށާއި އިސްލާމްދީން ހިމާޔަތް ކުރުމުގެ އިތުރުން ފަޚުރުވެރި ޖީލެއް ބިނާކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރަށް ހުރި ކަމަށް ނާސިފު ވަނީ ވިދާޅުވެފައެވެ.
ނާސިފު ވިދާޅުވީ މަޖިލީހުގެ ތެރެއިން ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. ނާސިފު ވަނީ ދާއިރާގެ ހުރިހާ ރައްޔިތުންވެސް އޭނާއަށް ވޯޓްދެއްވަން އެދިވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް