މިފަހަރުގެ ވޯޓުލުމުގެ އިންތިޒާމުތައް ވަރަށް ރަނގަޅު: އާންމުން
މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ އިންތިޒާމް، މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބާއި އަޅާބަލާއިރު ވަރަށް ބޮޑުތަން ރަނގަޅުކަމަށް ވޯޓުލީ ފަރާތްތަކުން ބުނެފިއެވެ.
މިއަދު ހެނދުނުން ފެށިގެން ވޯޓުލުމުގެ ކަންތައްތައް ކުރިއަށްދާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައާއި ރާއްޖެއިން ބޭރުގައިވެސް ވޯޓުލުމުގެ ކަންކަން ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.
ވޮއިސްއާއި ވާހަކަދައްކަމުން މާލޭގައި ހުރި ފޮއްޓަކަށް ވޯޓުލީ ފަރާތަކުން ބުނީ މިދިޔަ ރިޔާސީ އިންތިޚާބާއި އަޅާބަލާއިރު އިންތިޒާމު ރަނގަޅުކަމަށާއި ނަމަވެސް ވޯޓުލާ މަރުކަޒުގައި ހުރި ޓެބްލެޓަށް މައްސަލަ ޖެހިގެން މިފަހަރުވެސް ވޯޓުލުމަށް މެދުކެނޑުން އައިކަމަށެވެ.
މިދިޔަ ރިޔާސީ އިންތިޚާބުގައި ރާއްެޖެއިން ބޭރުގައި ވޯޓުލީ ފަރާތްތަކުން ގިނަ ވަގުުތުތަކެއް ވޯޓުލުމަށް ހޭދަކުރަން ޖެހުނުކަމުގެ ޝަކުވާ އުުފުލިއެވެ. އެގޮތުން ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ވޯޓުލީ ފަރާތްތަކުން ކިއުގައި ހަ ވަރަކަށް ގަޑިއިރު ހޭދަކުރިކަންވެސް ފާހަގަކޮށްލެވެއެވެ.
ނަމަވެސް މިފަހަރުގެ މަޖިލިސް އިންތިޚާބުގެ އިންތިޒާމްތައް ރަނގަޅުކުރުމަށް އެމްބަސީންވެސް މަސައްކަތް ކޮށްފައިވާކަމަށް ވޯޓުލީ ފަރާތްތަކުން ބުނެއެވެ. އެގޮތުން މުޅި ސަރަހައްދު ހިޔާ ވާނެހެން ޓެންޓް ޖަހާފައިވާކަން ފާހަގަކުރިއެވެ. އަދި އެމްބެސެޑަރ އުމަރު އަބްދުއްރައްޒާގްވެސް ވޯޓުލާ ސަރަހައްދުގެ އިންތިޒާމްތައް ކައިރިން ބެއްލެވިކަމަށް އެފަރާތްތަކުން ބުނެއެވެ.
ނަމަވެސް ނަންބަރު ކިއުގައި އިންތިޒާމްތައް އެހާ ރަނގަޅު ނޫންކަމަށް ގިނަ ފަރާތްތަކުން ވަނީ ބުނެފައެވެ. އަވައްޓެރި ލަންކާގެ އިތުރުން މެލޭޝިޔާގައިވެސް ރިޔާސީ އިންތިޚާބާއި އަޅާބަލާއިރު، މަޖިލިސް އިންތިޚާބުގެ އިންތިޒާމްތައް ރަނގަޅުކަމަށް ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް