ވީއައިއޭއަށް ފުރަންދިޔަ މީހެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ މީހެއްގެ އައަތުން ވަޒަންތަކެއް ފެނިއްޖެއެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަމެއް ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ. ފުލުހުންވެސް ވަނީ ވީއައިއޭއަށް ފުރަންދިޔަ މީހެއްގެ އަތުން ވަޒަންތަކެއް ފެނުނުކަން ޔަޤީންކޮށްދީފައެވެ. ވަޒަންތަކެއް ފެނިފައިވަނީ ބިދޭސީއެއްގެ އަތުންނެވެ. ނަމަވެސް އެއީ ކޮން ޤައުމެއްގެ މީހެއްކަމާއި އޭނާގެ އިތުރު އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުގައި އެމީހާ ހުރިއިރު، ކޯޓުން ވަނީ އޭނާގެ ބަންދަށް މުއްދަތު ޖަހާފައެވެ. ފުލުހުން ދަނީ މި މައްސަލަލަ ބަލަމުންނެވެ.
މީގެ ކުރިން ތަފާތު އެކި ފަހަރުމަތިންވެސް މިފަދަ ބައެއް ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. މިގޮތުން 2021 ވަނަ އަހަރު ވީއައިއޭއަށް ފުރަންދިޔަ ފަތުރުވެރިއެއްގެ އަތުންވެސް ވަޒަންތަކެއް ފެނިގެން އޭނާ ބަންދުކުރިއެވެ. އެފަހަރު ވަޒަންތައް ފެނިފައިވަނީ، ނެމީބިއާއަށް ނިސްބަތްވާ 60 އަހަރުގެ ފިރިހެނެއްގެ އަތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް