އިޖްތިމާއީ ގޮތުން އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ: ޘަގީފު
އިޖްތިމާއީ ގޮތުން އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ވައިކަރަދޫ ދާއިރާ މަޖިލީހަށް ވާދަކުރައްވާ ހުސެއިން ޘަގީފު ވިދާޅުވެއްޖެއެވެ،
މިއަދު ނިއު ޕޯޓު ވިއުގައި ކުރިއަށްދިޔަ ބައްދަލުވުން ނިންމާލުމަށްފަހު ވޮއިސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޘަގީފު ވިދާޅުވީ "އިޖްތިމާއީ ގޮތުން އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަންޖެހޭ" ކަމަށާއި "އަންހެންވެރިންނަށް ދޭންޖެހޭ ޓްރޭނިންގ ދިނުމާއި އަންހެނުން ބާރުވެރިކުރުމަށް ޕްރޮގްރާމްތައް ހިނގަންޖެހޭ."ކަމަށެވެ.
ޘަޤީފުގެ ކެމްޕެއިން ޓީމުން ބުނި ގޮތުގައި މިފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ދާއިރާގެ އަންހެން ކަނބަލުން އެއްތަނަކުން ބައްދަލުވެ، ޚިޔާލު ބަދަލުކޮށް އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
މިއަދު ހަވީރު އޮތް މިބައްދަލުވުމުގައި މާލޭ ސަރަހައްދުގައި ދިރިއުޅޭ ނެއްލައިދޫ، ކުރިނބީ އަދި ވައިކަރަދޫގެ ގިނަ އަދަދެއްގެ އަންހެން ކަނބަލުންވަނީ ބައިވެރިވެފައެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވައިކަރަދޫ ދާއިރާއަށް ޘަޤީފް ވާދަކުރައްވަނީ އަދާލަތު ޕާޓީގެ ޓިކެޓުގައެވެ. ހދ އަތޮޅު ކައުންސިލަރުކަން ކޮށްފައިވާ ޘަގީފަށް ދާއިރާއިން ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް