ސިނަމާލެ ބުރިޖުމަތީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ބުރިޖްމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
ސިނަމާލެ ބްރިޖު މަތީ ހިނގި މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައި ވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިން ކަމަށާއި މިހާޜު އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދާ ކަމަށެވެ.
ފުލުހުން މައުލޫމާތު ދެއްވިގޮތުގައި، އެކްސިޑެންޓުގައި ފިރިހެނަކަށާއި ކުޑަކުއްޖަކަށް ވަނީ އަނިޔާވެފައެވެ. އެކްސިޑެންޓުގައި ޒަޚަމްވި ފަރާތްތައް ހޮސްޕިޓަލަށް ގެންްގޮސް ފަރުވާދެމުން ދާކަމަށް ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން ފުލުހުން ހާމަކުރެއްވި ގޮތުގައި، އެކްސިޑެންޓް ހިނގީ ބާރު ސްޕީޑުގައި ދުއްވަމުންދިޔަ ސައިކަލެއް އައިސް އަނެއް ސައިކަލުގައި ޖެހުމުންނެވެ.
މި ނުރައްކާތެރި އެކްސިޑެންޓު ތަޙްޤީގު ކުރަމުން ދާ ކަމަށާއި، އިތުރު ތަފްސީލު ފަހުން ފޯރުކޮށްދޭނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް