އައްޑޫ ކުޅިއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އައްޑޫ ސިޓީ ހިތަދޫގެ ކުޅިއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހިތަދޫގައި އޮންނަ "އާރިކިޅި" ގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން މިއަދު ހެނދުނު 9:33 ގައި ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި އެ މީހާ އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ، މަރުވެފައި ވަނީ ބިދޭސީ ފިރިހެނެއް ކަމަށެވެ.
މި މަރުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް