އިޒްދިޔާން މަގާމުން ވަކިކޮށް ދާވޫދު މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުޙައްމަދު މައުމޫނާއި، "ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ"ގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ދާއޫދު އަޙްމަދު، މަޤާމުން މިއަދު ވަކިކުރައްވައިފިއެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ދާވޫދު ޒުވާނުންގެ ލަފާދޭ ކޮމިޓީން ވަކިކުރީ އޭނާ އިސްތިއުފާއަށް އެދުމުން ކަމަށެވެ.
އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުން ދާއޫދު އަޙްމަދު، މުސާރަ ނުލިބޭ ގޮތަށް މިއަދުން ފެށިގެން ސަސްޕެންޑް ކުރައްވައިފައިވާ ކަމަށެވެ.
މި ދެމީހުން މަގާމުތަކުން ވަކިކޮށްފައި މިވަނީ، ދާދިފަހުން ގެއެއްގެ ތެރޭގައި ޒުވާނުންތަކެއް ޕާޓީކޮށް، މަސްތުވާތަކެތި ބޭނުން ކުރި ކަމަށް ތުހުމަތުވާ މައްސަލައެއްގައި ދެމީހުންވެސް ޝާމިލްވާ ކަމުގެ ތުހުމަތު ކުރެވެމުންދާ ދަނޑިވަޅެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް