ދުނިޔޭގެ ފުރަތަމަ ލެންބޭ ސްމާޓްފޯން ތައާރަފްކޮށްފި
ދުނިޔޭގެ ފުރަތަމަ ލެންބޭ ސްމާޓްފޯން، އެމެރިކާގެ ކުންފުންޏަކުން ތައާރަފްކޮށްފިއެވެ.
ރޮއުޔޫ ޓެކްނޮލޮޖީ ކިޔާ ކުންފުންޏަކުން ޗައިނާގައި މިދިޔަ ނޮވެމްބަރު މަހު ތައާރަފްކުރި މި ފޯނުގެ ނަމަކީ ފްލެކްސްޕައިއެވެ. މިއީ ޓެބްލެޓް މޮޑެލްގެ، ސްކްރީންގައި 7.8 އިންޗީގެ އެމޮލެޑް ޑިސްޕްލޭ އެއް އިންނަ ފޯނެކެވެ.
1300 ޑޮލަރުގެ އަގަކުން ފެށޭ މި ފޯނުގައި އެންޑްރޮއިޑް 9 ޕައި އޮޕަރޭޓިންގް ސިސްޓަމްއެއް އިންނާނެއެވެ. އަދި 16 މެގަޕިކްސަލްގެ ޕްރައިމަރީ ކެމެރާއަކާއި 20 މެގަޕިކްސަލްގެ ސެކަންޑްރީ ކެމެރާއެއް އިންނާނެއެވެ.
ނަމަވެސް މި ހުރިހާ ސިފަތަކަށްވުރެ މި ފޯނުގެ އެންމެ ޚާއްސަ ސިފައަކީ ޑިސްޕްލޭ ލަންބާލެވުމެވެ.
މި ފޯނު ރަސްމީ ބާޒާރަށް އަދި ނެރެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް