ޔޫކޭ ވިސާގެ ވަގުތީ ސެންޓަރެއް އަންނަ މަހު ރާއްޖޭގައި!
އިނގިރޭސިވިލާތުގެ ވިސާއަށް ރާއްޖޭގައި ހުރެގެން ކުރިމަތިލުމުގެ ވަގުތީ ސެންޓަރެއް އަންނަ މަހު ފޮރިން މިނިސްޓްރީގައި ހުުޅުވުމަށް ނިންމައިފިއެވެ.
އިނގިރޭސިވިލާތުގެ އެމްބަސީން އިންތިޒާމްކުރާ މި ވަގުތީ ވިސާ ސެންޓަރ ހުޅުވާފައި ހުންނާނީ އަންނަ އޮގަަސްޓްމަހުގެ ފަސްވަނަ ދުވަހާއި ހަވަނަ ދުވަހުގައި މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިމާރާތުގައެވެ.
މި ވިސާ ސެންޓަރުގެ ޚިދުމަތް ލިބިގަތުމަށްޓަކައި އޮންލައިންކޮަށް އެޕޮއިންޓްމެންޓެއް ހައްދަން ޖެހޭނެއެވެ. އެ އެޕޮއިންޓްމެންޓް ލިބޭނީ http://www.vfsglobal.co.uk/lk/en އިންނެވެ.
އިނގިރޭސިވިލާތުގެ ވަގުތީ ވިސާ ސެންޓަރެއް ރާއްޖޭގައި ހުޅުވުމުގެ މަގުސަދަކީ އެގައުމަށް ތައުލީމް ހާސިލްކުރުމަށްޓަކައި ދާ ދިވެހި ކިޔަވާކުދިންނަށް ލުއިފަސޭހަ ކޮށްދިނުންކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް