ލޯންޗެއްގައި އެއްޗެއް ގޮވައިފި
ހުޅުމާލޭ ފަޅުތެރޭގައި އޮތް ލޯންޗެއްގައި މިއަދު ހެނދުނު އެއްޗެއް ގޮވައިފިއެވެ.
މިއަދު ހެނދުނު 11:15ގައި މި ލޯންޗްގައި އެއްޗެއް ގޮވައި ދެ މީހަކު ވަނީ ފިހިފައެވެ.
މީގެ ތެރެއިން އެކަކުގެ ގައި ވަނީ ވަރަށް ބޮޑަށް ފިހިފައިކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނީ ހޮސްޕިޓަލަށް ގެނައި ދެމީހުންވެސް ފަސްޓް ޑިގްރީ ބަރންއެއްވެފައިވާ ކަމަށާއި، ދެމީހުންނަށް ވެސް އެމަޖެންސީ ރޫމުގައި ފަރުވާ ދެމުންއަންނަ ކަމަށެވެ.
ފިހިފައި ވަނީ އެމީހުންގެ ހަށިގަނޑުގެ ކިތައް އިންސައްތަ ކަން އަދި ބުނަން ދަތި ކަމަށާއި، މައުލޫމާތު ލިބޭވަރަކުން ހިއްސާކުރާނެ ކަމަށްވެސް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް