ރައީސް ޔާމީންގެ ފިކުރެއް ޖަލަށް ނުލެވޭނެ: ނިހާން
ކުރީގެ ރައީސް ޔާމީންގެ ފިކުރެއް ޖަލަށްނުލެވޭނެކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރ އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެެވެ.
ނިހާން މިހެން ވިދާޅުވީ ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައެވެ.
އެބޭފުޅާ ވިދާޅުވީ ރައީސް ޔާމީން ބަންދުވެސް ކުރެވިދާނެކަމަށާއި ޖަލަށްވެސް ލެވިދާނެކަމަށެވެ.
ނަަމަވެސް އެމަނިކުފާނު ގެނެސްދެއްވި ތަރައްގީގެ ފިކުރު ޖަލަށްނުލެވޭނެކަމަށް ނިހާން ވަނީ ވިދާޅުވެފައެވެ.
ނިހާން މި ބީދައިން ޓްވީޓްކުރެއްވިއިރު ކުރީގެ ރައީސް ޔާމީން މިއަދު މެންދުރުފަހު ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކުރެވިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނު ބަންދުކުރުމުގެ އަމުރަކަށް ޕީޖީން ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް