އަބްދުއްރަހީމްގެ ކެމްޕެއިންގައި ގާސިމް!!
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ލ.ފޮނަދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރައްވާ އަބްދުއްރަހީމް އަބްދުﷲ ކެމްޕޭންގައި ބައިވެރިވެ ވަޑައިގެންފިއެވެ.
ފޮނަދޫދާއިރާގެ ކެމްޕެއިން އަބްދުއްރަހީމް މިހާރު ކުރައްވަމުން އަންނައިރު، ގާސިމް ފޮަނަދޫ އަށް ވަޑައިގެން އަބްދުއްރަހީމްއާއެކު އޭނާގެ ކެމްޕެއިންގައި ބައިވެރިވެފައިވާ ފޮޓޯތަކެއް ޝޯޝަލް މީޑިއާގައިވަނީ ދައުރުވާން ފަށާފައެވެ.
އެ ފޮޓޯތަކާއެކު އަބްދުއްރަހީމް އަދި ގާސިމްއަށްވެސް ފާޑުކިއުންތައް އަމާޒުވެފައިވާއިރު ޖޭޕީއަށް ނިސްބަތްވާ ބައެއް ބޭފުޅުން ވިދާޅުވެފައިވަނީ ގާސިމް ފުނަދޫއަށް ވަޑައިގެންނެވީ އެދާއިރާއަށް ޖުމުހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓަށް ކެމްޕެއިން ކުރެއްވުމަށް ކަމަށެވެ.
އަބްދުއްރަހީމްގެ ކެމްޕެއިންގައި ގާސިމް ބައިވެރިވެވަޑައިގެންފައިވާއިރު، ދާދިފަހުން ޖޭޕީން ވަނީ ރައީސް ޔާމީންގެ ތާއީދާއެކު މަޖިލީހަށް ވާދަކުރައްވަ ބައެއް ކެނޑިޑޭޓުުންނަށް ތާއީދު ކުރައްވަން ނިންމަވާފައެވެ.
މަޖިލީހުގެ އިންތިޚާބަށް ހުރިހާ ޕާޓީތަކުންނާއި ހުރިހާ ކެނޑިޑޭޓުންތައްޔާރުވަމުން އަންނައިރު މިހާރު އެހުރިހާ ފަރާތްތަކުންވެސް ކުރަމުން އަންނީ އެންމެ ފަހުގެ ކެމްޕެއިނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް