މާލޭ ގްރޭންޑްގެ ކުޑަދޮރެއްގެ ބިއްލޫރި ވެއްޓިއްޖެ
މާލޭ ގްރޭންޑް ފްލެޓެއްގެ ކުޑަދޮރުގެ ބިއްލޫރިގަނޑު މަގުމައްޗަށް ވެއްޓި ތަޅައިގެން ގޮަސްފިއެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި މި ހާާދިސާ ހިނގާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
މި ހާދިސާގައި ވެއްޓިފައިވަނީ މާާލޭ ގްރޭންޑްގެ ހަވަނަ ފަންގިފިލާގެ އެޕާރޓްމެންޓެއްގެ ކުޑަދޮރުގެ ބިއްލޫރިއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. މިކަމާއި ގުޅިގެން ފުލުހުން ވަނީ އެ އިމާރާތް ބަލަހައްޓާ އެޗްޑީސީގެ ފަރާތްތައް ގެނެސް އެ ބިއްލޫރިތައް މަގުމަތިން ނަގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް