ވޭތުވެދިޔަ ހަފްތާގައި ދައުލަތަށް ލިބުނު އާމްދަނީ އާންމުކޮށްފި
ނިމިދިޔަ ހަފްތާގައި ދައުލަތުގެ އާމްދަނީ 909.4 މިލިޔަން ރުފިޔާއަށް އަރައިފިއެވެ.
މިކަން ހާމަވެފައިވަނީ ފިނޭންސް މިނިސްޓްރީން އާންމުކުރާ ދައުލަތުގެ ޚަރަދުތަކާއި އާމްދަނީގެ ތަފާސްހިސާބުންނެވެ.
މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެ ދިޔަ ހަފްތާގައި 909.4 މިލިއަން އާމްދަނީއެއް ވަނީ ދައުލަތަށް ލިބިފައެވެ. އަދި ދައުލަތުގެ އިދާރާތަކުން ކޮށްފައިވާ ޚަރަދަކީ 510.8 މިލިއަން ރުފިޔާ އެވެ.
ވޭތުވެދިޔަ ހަފްތާގައި ދައުލަތުގެ ތެރެއިން އެންމެ ބޮޑު ހަރަދެއްކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީންނެވެ. އެއީ 152 މިިލިޔަން ރުފިޔާއެވެ.
ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ނިމިދިޔަ ހަފްތާގައި 253.9 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް