ބޭރުގެ އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކަށް އެމްއެންޑީއެފް ސަދަން އޭރިއިން އެހީތެރިކަން ފޯރޮކޮށްދީފި
ވިއެޓްނާމް އިން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރަމުންދިޔަ މަލްޓަރގެ "އެމްވީ ޖޭޑް ޑީ" ނަމަކަށްކިޔާ އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު ސިއްހީ އަވަސް ފަރުވާއަށް، އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު ސ.ހިތަދޫއަށް ގެންގޮސްދީފިއެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއިއެކު މި ބޯޓު ސ.ހިތަދޫގެ ދެކުނުން 2 ނޯޓިކަލް މޭލާއި ހަމައަށް ކައިރިކުރުމުން އެމްއެންޑީއެފް ސަަދަން އޭރިއާގެ ސިފައިން ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސް އެ ބަލި މީހާ އެމްއެންޑީއެެފް އުޅަނދަށް ނަގާފައެވެ.
ފިލިޕީންސްއަށް އުފަން އުމުރުން 49 އަހަރުގެ މި ފިރިހެން މީހާ އެމްއެންޑީއެފް ކޯސްޓްގާޑްގެ ފާސްޓް އިންޓަސެޕްޓް ކްރާފްޓް "ހަކުރާ" ލޯންޗުގައި ހިތަދޫއަށް ގެންގޮސްދީފައި ވަނީ މިރޭ 4:45 ހާއިރުއެވެ.
ސިއްހީ އަވަސް ފަރުވާ ދިނުމަށް މި މީހާ ހިތަދޫއަށް ގެނެސްދީފައިވަނީ މެއަށް ތަދެއްއަރައި ނޭވާލާން އުނދަގޫ ވުމުންކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެެއްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް