ޕީއެންސީ ޕީޕީއެމް ކޯލިޝަނުން އިތުރު 10 ދާއިރާއަކަށް ކުރިމަތިލާން ޓިކެޓް ދީފި
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އަދި ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސްއިން މަޖިލީހުގައި ވާދަކުރުމަށް އިތުރު ދިހަ މީހަކަށް ޓިކެޓް ދީފިއެވެ.
އެދެޕާޓީން މިހާރު ކޯލިޝަން ހަދާފައިވާއިރު އެދެޕާޓީން ރައްޔިތުންގެ މަޖިލީހުގައި ވާދަކުރައްވާނީ ކޯލިޝަންގެ ތެރެއިންނެވެ. އެގޮތުން މީގެ ކުރިން ކުރީގެ ރައީސް ޔާމީންގެ ތާއިދާއިކު މަޖިލީހުގައި ވާދަކުރުމަށް 53 މީހަކަށް ޓިކެޓް ދީފައިވެއެވެ. އަދި މިރޭ އިތުރު ދިހަ މީހަކަށް ޓިކެޓް ދިނުމާއިކު ޕީޕީއެމް އަދި ޕީއެންސީން މުޅި އެކު 63 ދާއިރާއަކަށް މިހާރު ވަނީ ޓިކެޓް ދީފައެވެ.
މިރޭ ޓިކެޓް ދިން މީހުންގެ ތެރޭފަގައި ހިމެނެނީ
1- ދިއްގަރު ދާއިރާ - ހީނާ ވަލީދު، ސަންސެޓް ވިލާ، ސ. ހިތަދޫ
2- މާވަށު ދާއިރާ - މުހައްމަދު ސައީދު، ވިނަރެސް، ހއ. ތުރާކުނު
3- އުނގޫފާރު ދާއިރާ - އަބްދުލްމަތީނު މުހައްމަދު، ނާރެސް، ރ. ހުޅުދުއްފާރު
4- މަޑުއްވަރީ ދާއިރާ - އާދަމް ޝަރީފް އުމަރު، ޗަމަން، ރ. ފައިނު
5- ހޮޅުދޫ ދާއިރާ - އަހުމަދު ހަމްދާން ނަސީރު، ބްލޫރެސްޓް، ނ. ހޮޅުދޫ
6- ހަނިމާދޫ ދާއިރާ - އިދްރީސް އަބްދުﷲ، އިރުދޯދި، ހދ. ހަނިމާދޫ
7- ކުރެންދޫ ދާއިރާ - އާދަމް ތައުފީގު، އަޅިވިލާގެ، ޅ. ކުރެންދޫ
8- ކެންދޫ ދާއިރާ - އަހުމަދު ރިޒާ، ގުލްޒާރުގެ، ބ. ކަމަދޫ
9- ކުޅުދުއްފުށީ އުތުރު ދާއިރާ - ފާރޫގު މުހައްމަދު، މާދޫގެ، ހދ. ކުޅުދުއްފުށި
10- މަނަދޫ ދާއިރާ - ހުސްނީ މުބާރިކް، ގަސްކަރަ، ނ. މަނަދޫ
މީގެ އިތުރުންވެސް އިތުރު ދާއިރާތަކަށް ކެނޑިޑޭޓުން ނެރޭނެ ކަމަށް، މީގެ ކުރިން އެފަރާތްތަކުން ބުނެފައިވެއެވެ. އެ ޕާޓީ ތަކުގައި އިސްކޮށް އުޅުއްވާ ބައެއް ފަރާތްތަކުން މީގެ ކުރިން ވިދާޅުވެފައިވަނީ މަޖިލީހުގެ 87 ދާއިރާއަށްވެސް ވާދަކުރެވިދާނެކަމަށާއި، ނަމަވެސް އަދި އެއާއިމެދު ގޮތެއް ނިމިފައި ނުވާކަމަށެވެ.
އެޕާޓީތަކުން މިހާހިސާބަށް ޓިކެޓް ދީފައި އެވަނީ ޕްރަމަރީ ބާއްވަން ނުޖެހޭ ދާއިރާތަކުގައެވެ. ނަމަވެސް ބައެއް ދާއިރާތަކުގައި ޕްރަމަރީ ބާއްވަން ނިންމާފައިވާކަމަށް އެޕާޓީތަކުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް