25 ބުރީގެ ޓަވަރުގެ އެންމެ މައްޗަށް ދާން އެންމެ 35 ސިކުންތު!
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން ގާއިމްކުރަމުންދާ 25 ބުރީގެ އިމާރާތްތަކުގެ އެންމެ މައްޗަށް ދާން ނަގަނީ 35 ސިކުންތުކަމަށް ހާާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ ޗައިނާގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޒަންގ ލިޒްހޮންގް ކުރެއްވި ޓްވީޓެއްގައެވެ.
ޗައިނާގެ ސަފީރު ވިދާޅުވީ ސޯޝަލް ހައުސިންގ ސްކީމްގެ ދަށުން ހުޅުމާލޭގައި ތަރައްގީކުރަމުންދާ ތަންތަނުގެ ސަލާމަތީ ފިޔަވަޅުތައް ހުރިގޮތް ބައްލަވާލައްވާފައިވާކަމަށެވެ.
އަދި މިތަނުގެ ތިރީ ފްލޯއިން އެންމެ މަތީ ފްލޯއަށް ލިފްޓުން ދިޔުމަށް ހޭދަވަނީ އެންމެ 35ސިކުންތުކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ. މި ޓްވީޓާއި ގުޅިގެން އާންމުންގެ ފަރާތަކުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެބޭފުޅާ ވަނީ ކޮންމެ ޓަވަރެއްގައިވެސް 3/4 ލިފްޓް ހުންނާނެކަމަށް ވިދާޅުވެފައެވެ.
ނަމަވެސް މިތަނުގައި ތިބޭ ފަރާތްތަކުގެ އަދަދާއި އަޅާބަލާއިރު، ލިފްޓްގެ އަދަދު މަދުކަމަށް ސަރުކާރުން ވަނީ މީގެކުރިން ފާހަގަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް