އިސްލާމިކް ރިދަމުން މިފަހަރު ނެރުނީ “އާ ރާގު ރީތި އިއްވައިދޭ” މަދަހަ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އިހުގެ ދިވެހިންގެ މެދުގަައި މަޝްހޫރު “އާ ރާގު ރީތި އިއްވައިދޭ” ޢީދު މަދަހައިގެ އައު ވާޝަނެއް އިސްލާމިކް ރިދަމް އިން ނެރެފިއެވެ.
އާ ރާގު ރީތި އިއްވައިދޭ މަދަހައިގެ އަސްލު ކިޔުއްވާފައި ވަނީ މަހްމޫދާ ޝަކީބެވެ.
އެ މަދަހަ ތަފާތު ގޮތަކަށް، މިޔުޒިކާއި ނުލައި އަބްދުލް ޢަލީމްގެ އަޑުން ކިޔައި މިއަދު އާައްމުންނަށް ދޫކޮށްލާފައި މިއީ އިސްލާމިކް ރިދަމް އިން، މި ޢީދާއި ދިމާކޮށް ނެރުނު މިފަދަ ދެވަނަ މަދަހަކަން ފާހަގަކޮށްލަން ޖެހެއެވެ.
އެގޮތުން ޢަރަފާތު ދުވަހަށްވެސް އެ ސްޓޫޑިއިން ވަނީ، ހައްޖުގެ އަޅުކަމާއި ގުޅިގެން މަރްޙޫމް ހޮޅުދޫ އަބްދުالله ކިޔުއްވާފައިވާ “މީ ޚަލީލީ ޛަބީޙީ އުޖާލާ ހަނދާން” މަދަހަވެސް ނެރެފައެވެ.
ޢީދާއި ގުޅޭ ގޮތުން ޒަމާނީކޮށް މިއަދު ނެރުނު މި މަދަހަ އަކީ އަޟްޙާ އީދާއި މި ދުވަހުގެ އުފާވެރިކަމާއި ގުޅޭގޮތުން ހެދިފައިވާ މަދަހައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް