ރާއްޖޭގައި ޖުވާކުޅޭ ސައިޓްތައް ބްލޮކް ކުރަން ފަށައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ރާއްޖޭގައި ޖުވާކުޅޭ ސައިޓްތައް ބްލޮކް ކުރަން ފަށައިފި އެވެ.
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން މީޑިއާއަށް ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ރާއްޖޭގައި ޖުވާކުޅުމުގެ މަސައްކަތް ކުރަމުންދާ 3-4 އޮންލައިން ސައިޓް ވަނީ ދެނެގަނެވުފައެވެ.
އަދި މި ހަތަރު ސައިޓް ބްލޮކް ކުރުމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއަށް ހުށަހަޅާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެގޮތުން މިހާރު އެފަދަ އެއް ސައިޓް ވަނީ ބްލޮކް ކޮށްލާފައެވެ.
ރާއްޖޭގައި ޖުވާކުޅުމަކީ ޤާނޫނީ ގޮތުން މަނާ ކަމެކެވެ. ނަމަވެސް، ފާއިތުވި އަހަރުތަކުގައި އޮންލައިން ބެޓިންގ ސައިޓްތަކުގެ ބޭނުން ހިފައިގެން ޖުވާކުޅުމުގެ މައްސަލަތައް އިތުރުވަމުން އައިސްފައިވެއެވެ.
ބެޓް ކުރުމަކީ ދީނީ ގޮތުންވެސް ހަރާމް ކަމެކެވެ:
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް