ލަންކާގައި ހަމަޖެހުން ގާއިމްވެފައި އޮތުމަކީ ދިވެހިރާއްޖެއަށް ފައިދާކުރާނެ ކަމެއް: ޝާހިދު
އަވަށްޓެރި ސްރީލަންކާގައި ހަމަޖެހުމާއި ފާގަތިކަން ޤާއިމްވެފައި އޮތުމަކީ ރާއްޖެއަށް ފައިދާކުރާނެކަމެއް ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ ލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ގޯތަބަޔާ ރާޖަޕަކްސައަށް މަރުހަބާ ދަންނަވައި، ކުރެއްވި ޓްވީޓެއްގައެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުޙަލާ ރާއްޖެއާއި ލަންކާގައި އަމާންއޮމާންކޮށް ކުރިއަށްދާތީ އުފާކުރައްވާކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
އަދި ލަންކާގައި އަލަށް އުފެދިގެން އަންނަ އާ ސަރުކާރާއެކު މަސައްކަތްކޮށް، ދެޤައުމުގެ ގުޅުންތައް އިތުރު ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ލަންކާގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތް ގޯތަބަޔާ ރާޖަޕަކްސައާ މިދިޔަ މެއި މަހު މިނިސްޓަރ ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ބައްދަލުކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް