މޯދީއަކީ އަހަރެންގެ ބޭބޭއެއް ފަދަ މީހެއް: ސައުދީ ވަލީއަހުދު
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަކީ، ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ބޭބެއެއްފަދަ ބޭފުޅެއްކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިޔާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މީޑިޔާއާއި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަލީއަހުދު ސަލްމާން ވިދާޅުވީ މޯދީއާއި އެމަނިކުފާނަކީ ދެބެއިންހާ ގާތް ދެފަރާތްކަމަށާއި މޯދީއަކީ ވަލީއަހުދު މުހައްމަދުގެ ބޭބެއެއްކަމަށެވެ. މުހައްމަދު ބިން ސަލްމާން ވަނީ ބޮޑުވަޒީރު މޯދީއާއި މެދު ޚާއްސަ ނަޒަރަކުން ދެކިވަޑައިގަންނަވާކަމަށްވެސް ވިދާޅުވެފައެވެ.
މުހައްމަދު ވަނީ އިންޑިޔާއަށް ދަތުރުކުރެއްވީ، އެގައުމުގެ އަވަށްޓެރި ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެއް ދުވަހަށް އެނބުރި ރިޔާދަށް ވަޑައިގަތުމަށްފަހުގައެވެ.
މިހެން އެމަނިކުފާނު އަމަލުކުރައްވަން ޖެހިވަަޑައިގަތީ ޕާކިސްތާނުން އެމަނިކުފާނު ސީދާ އިންޑިޔާއަށް ދިއުމަށް ދެކޮޅުހެދުމުންެނެވެ. އެކަމުގެ ބަދަލެއް ގޮތުން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ އާންމު ޕްރޮޓޮކޯލް ދޫކޮށްލައްވައި ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް މަރުހަބާ ދަންނަވަން އެއާޕޯޓަށް ވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް