ބްރިޖުން ދުވާލެއްގެ މައްޗަށް 10000 މީހުން ދަތުރުކުރޭ- ޗައިނާ އެމްބަސީ
ސިނަމާލެ ބުރިޖު ހުޅުވިފަހުން އެވުރެޖުކޮށް ދުވާލަކު ދިހަހާސް މީހުން އެތަނުން ދަތުރުކުރާކަމަށް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ބުނެފިއެވެ.
ޗައިނާ ސަރުކާރުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ބުރިޖު ހުޅުވިފަހުން ކޮންމެ ދުވަހަކުވެސް ދިހަހާސް މީހުން ބްރިޖު ހުރަސްކުރާ ކަމަށެވެ. ކުރިންވެސް ހަމަޖެހިފައިވާ ޕްލޭންގެ ދަށުން ބްރިޖުގެ އޮޕަރޭޝަންތަކާއި މެއިންޓަނެންސް މަސައްކަތްތައް ދެ އަހަރު ދުވަސް ވަންދެން ބްރިޖުގެ މަސައްކަތް ކުރާ ޗައިނާގފެ ސީސީސީސީ ސެކަންޑް ހާބާރ އިންޖިނިއަރިން ކުންފުނިން ކުރަމުންދާނެ ކަމަށެވެ. އަދި އެމުއްދަތުގެ ތެރޭގައި ރާއްޖޭގެ މީހުން ބުރިޖް ބެލެހެއްޓުމަށް ޓްރެއިން ކުރާނެ ކަމަށްވެސް ޗައިނާ އެމްބަސީގެ ބަޔާނުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން އެ އެމްބަސީން ބުނެފައިވަނީ ބުރިޖް ސަރަހައްދުގެ ކަނޑު އަޑި ސާފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އަދި މިހާރު އެ މަސައްކަތުގެ 60 އިންސައްރަ ނިމިފައިވާކަމަށެވެ.
އަދި އެ ސަރަހައްދުގެ ކަނޑުގެ އޮއި ހުރި ގޮތުން ބާކީ އޮތް ބައި ސާފުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ދިރާސާތައް ކުރަމުންގެންދާ ކަމަށާއި، އެ ދިރާސާތައް ނިމި ޕްލޭންތައް ނިމުނުހާ އަވަހަކަށް އެ ކަމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށްވެސް ޗައިނާ އެމްބަސީން ބުނެފައިވެއެވެ.
ބްރިޖުގެ ހިމެނޭ ސަރަހައްދުގެ ކަނޑު އަޑީގެ 60 އިންސައްތަ ނިމިފައިވާކަމަށް ޗައިނާ އެމްބަސީން ހާމަކޮށްފައިވާއިރު، ބްރިޖު އެޅުމަށްޓަކައި ޖެހި ވަގުތީ ޕްލެޓް ފޯމްތަކާއި އަދި ތަނބުތައް ވެސް މިހާރުވަނީ އެސަރަހައްދުން ނަގާފައެވެ. ބުރިޖާއި ބުރިޖު ހިމެނޭ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އެކުންފުނިން ކުރަމުން އަންނައިރު އެ ސަރަހައްދުން ކަނޑު އުޅަދުތައް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ. އަދި އެ ސަރަހައްދަށް އަޅާ އަޅަން ފައިބާ މީހުންވެސް ސަމާލުވުމަށް ދާދި ކަމާއި ބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް