މަސްތުވާތަކެއްޗާއި ދެކޮޅަށް އާގިސާގެ ހިމޭން މުޒާހަރާއެއް!
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފަރެސްމާތޮޑާ ދާއިރާއަށް ވާދަކުރައްވާ މިނިވަން ކެނޑިޑޭޓް، އާގިސާ މޫސާގެ ކެމްޕެއިންގެ ތެރެއިން މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއާއި ދެކޮޅަށް ހިމޭން މުޒާހަރާއެއް ކޮށްފިއެވެ.
ވޮއިސްއަށް މައުލޫމާތު ދެއްވަމުން އާގިސާ ވިދާޅުވީ ފިޔޯރީއަށް ކުރި ކެމްޕެއިން ދަތުރުގައި މަސްތުވާތަކެއްޗާއި ދެކޮޅަށް އާންމުން ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރިކަމަށެވެ.
އެގޮތުން މަސްތުވާތަކެއްޗާއި ދެކޮޅަށް ހަމަހިމޭން މުޒާހަރާއެއް ވާނީ ކޮށްފައިކަަމަށް އާގިސާ ވިދާޅުވިއެެވެ.
މި މުޒާހަރާގައި މަސްތުވާ ތަކެއްޗަށް މީހުން ހޭލުންތެރިކުރުވުމަށާއި އަދި އިންތިޚާބްތަކުގައި މަސައްކަތްކުރާ ގޮތަށް މަސްތުވާތަކެތި ހުއްޓުވަން މަސައްކަތް ކުރުމަށާއި މިޖީލާއި އަންނަން އޮތް ޖީލުތަކުގެ ސަލާމަތަށް ވޯޓް ދޭއިރު އެކަމަށް ވިސްނުމަށް ގޮވާލާފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.
އާގިސާ އިތުރަށް ވިދާޅުވީ މިކެމްޕެއިންގައި ގޭގެއަށް ދާއިރު މިދާއިރާގެ ރަށްތަކުގައި މުސްކުޅި މައިންބަފައިން އަޅާލާނެ ދަރިން ނެތި އެކަނި ގޭގޭގައި ވަރަށް ހާލުގައި އުޅޭކަން ފާހަގަވެފައިވާ ކަމަށެވެ.
މި ކެމްޕެއިންގެ ދަށުން މާދަމާ ރަތަފަންދޫއަށް ދިއުމަށް ހަމަޖެހިފައިވާއިރު ދޮރުން ދޮރަށް ހިނގުމުގެ އިތުރުން ރަތަފަންދޫގައިވެސް މަސްތުވާތަކެއްޗާއި ދެކޮޅަށް ހަމަހިމޭން މުޒާހަރާއެއް ކުރާނެކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް