މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި އެވެ.
ފުލުހުން މިއަދު ބުނީ ގަލޮޅުގައި ހުންނަ ގެއަކަށް ރޭގެ ވަގުތެއްގައި ބަޔަކު ވަދެ ފޭރުނު މައްސަލައެއް ހުށައަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ތަހުގީގެއް ފަށާފައިވާ ކަމަށް ބުންޏެވެ.
ނަމަވެސް އެ މީހުން ފޭރުނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި މީހަކު ހައްޔަރުކުރި ކަމެއް ނުބުނެ އެވެ.
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް