އައްޑޫސިޓީގެ މޭޔަރުކަމުގެ ރޭހަށް، ޕީއެންސީގެ ފަރާތުން ކުރިމަތިލައްވާފައިވާ ޑރ. އަހުމަދު އަދީލް ނަސީރު
އައްޑޫސިޓީގެ މޭޔަރުކަމުގެ ރޭހަށް، ޕީއެންސީގެ ފަރާތުން ކުރިމަތިލައްވާފައިވާ ޑރ. އަހުމަދު އަދީލް ނަސީރު
ހަބަރު 25 Dec 2025 | 07:52

އެންމެންނާ ގުޅޭ ހިންގުންތެރިއެއް. އައްޑޫ ސިޓީގެ މޭޔަރުކަމަށް ޑރ.ޢަދީލް

ލިޔުންތެރިޔާ

ސްޓާފް ރައިޓަރ

"ކާބަފައިންގެ މަސައްކަތުން އިބްރަތް ހާސިލްކޮށްގެން އައްޑޫ ސިޓީ މުޅި ދިވެހިރާއްޖެ ފަޚުރުވެރިވާ ފަދަ ސިޓީއެއްގެ ގޮތުގައި މާދަމާގެ ދަރިންނާ ހަމަޔަށް ފޯރުކޮށްދެވޭނީ، މިއަދު އަޅުގަނޑުމެން ކުރާ މައުނަވީ މަސައްކަތަކުން"

މިއީ ކުރިއަށްއޮތް އައްޑޫސިޓީގެ މޭޔަރުކަމުގެ ރޭހަށް، ޕީއެންސީގެ ފަރާތުން ކުރިމަތިލައްވާފައިވާ ސ. ހިތަދޫ ސްޓާސް ޑރ. އަހުމަދު އަދީލް ނަސީރުގެ ތަސައްވުރެވެ.

އަދީލް އަކީ އިތުރު ތައާރަފަކަށް ބޭނުންވާނޭ ނަމެއް ނޫނެވެ. ހަޔާތްޕުޅުގެ ދުވަސްތައް ހޭދަކުރައްވަމުން އައި ދާއިރާގެ ގޮތުން އައްޑޫސިޓީގެ އިސްރަށްވެހިންނާއި، ހަރުމީހުންނާއި، ޒުވާނުންގެ އިތުރުން ދަރިވަރުންގެ މެދުގައިވެސް އޭނާއަކީ ނިކަން އިހްތިރާމް ލިބިވަޑައިގެން ހުންނެވި ތައުލީމީ އާއިލާއަކަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ.

އަދީލްގެ ތައުލީމީ ހަޔާތްޕުޅަށް ބަލާއިރު އެންމެ ފާހަގަކޮށްލެވެނީ ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރެއްވުމަށްފަހު މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބިވަޑައިގެން މިހާރު އެހުންނެވި ހިސާބަށް ދަތުރުކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން ބުރޫނާއީގެ ޔުނިވަރސިޓީ ބްރޫނޭ ދާރުއްސަލާމުން ތައުލީމީ ދާއިރާއިން  ޕީއެޗްޑީ ނެންގެވިއިރު، ހަމަ އެދާއިރާއީން މާސްޓާޒް ހެއްދެވީ ޔުނިވަރސިޓީ އޮފް މަލާޔާ އިންނެވެ. އަދީލްވަނީ އޭގެ ކުރިން ސްރީ ލަންކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން އިން ބެޗެލަރ އޮފް އެޑިޔުކޭޝަން ޑިގްރީ ނަންގަވައި އޭގެ ކުރިންވެސް ތައުލީމީ އެކިއެކި ޕްރޮގްރާމްތައް ފުރިހަމަކުރައްވާފައެވެ.

ޑރ.އަހުމަދު އަދީލް އަދި އަނބިކަނބަލުން ޑރ.އާޝިޔަތު....

މަސައްކަތުގެ ތަޖުރިބާއަށް ބަލާއިރު ޓީޗަރުކަމުން ފެށިގެންގޮސް ޕްރިންސިޕަލްކަން ކުރައްވާފައެވެ. މިހާރު އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ޒިއްމާގައި ހުންނެވި އަދީލް ވަނީ މީގެ ކުރިން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެން.އައި.އީ) ގައި ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. މީގެ އިތުރުން އޭނާ ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި ކޮލެޖްތަކުގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ.

މީގެ އިތުރުން މުޖުތަމައުގެ ބާރުވެރިކަން އިތުރުކުރުމަށް ޤައުމީ ފެންވަރުގައި ކުރިއަށްގެންދާ އެކިއެކި ޕްރޮގްރާމްތައް އިންތިޒާމުކޮށް ރޭވުމާއި، އެނޫންވެސް ކަންކަމުގައި އަދީލް އަކީ ފާހަގަކޮށްލެވޭފަދަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ބޭފުޅެކެވެ. އޭނާއަކީ މިހާރުވެސް  ޔޫތު ޑިވެލޮޕްމަންޓާއި ކޮމިއުނިޓީ ބާރުވެރިކުރުމުގެ މަސައްކަތްތައް ކުރާ ޔުނިޓީ ފައުންޑޭޝަންގެ ޗެއާއެވެ.

އަދީލް އައްޑޫސިޓީގެ މޭޔަރުކަމަށް ކީއްވެ؟

ޑރ.އަދީލްގެ ކެމްޕެއިން ޕޯސްޓަރު

އައްޑޫސިޓީއަކީ މާލެ ފިޔަވައި ރާއްޖޭގެ އެންމެ ގިނަ މީހުން އުޅެމުންދާ ސަރަހައްދެވެ. އައްޑޫސިޓީގެ މޭޔަރުކަމުގެ މަޤާމަށް ވާދަކުރައްވާއިރު، އަދީލް އަކީ އައްޑޫސިޓީގެ ކަންކަން އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާ އެއް ބޭފުޅާއެވެ. އަދީލް ދެކެވަޑައިގަންނަވާ ގޮތުގައި އޭނާ މޭޔަރުކަމުގެ ރޭހަށް ނިކުންނެވީ ސަރުކާރު ހިންގާ ޕާޓީގެ ޓިކެޓްގައި އުއްމީދުތަކެއް އޮވެގެންނެވެ. ވޭތުވެދިޔަ އަހަރުތަކުގައި ލޯކަލް ކައުންސިލްގެ ނިޒާމުގެ ތެރެއިން ރައްޔިތުންނަށާއި އައްޑޫސިޓީގެ ތަރައްޤީއަށް މައުނަވީ ގޮތެއްގައި ލިބެންޖެހޭ ނުވަތަ ހާސިލްކުރެވެންޖެހޭ މިންވަރަށް ކަންކަން ހާސިލްކުރިފައެއް ނެތެވެ. އިގްތިސާދީގޮތުން ހާސިލްކުރަން ބޭނުންވި ކަންކަން ހާސިލްނުވެ ފާއިތުވެގެންދިޔަ ދުވަސްތައް ދެން ތަކުރާރު ވާކަށެއް އޭނާ ބޭނުންފުޅެއް ނުވެއެވެ.

އަދީލް ދެކިވަޑައިގަންނަވާ ގޮތުގައި މޭޔަރަކަށް ހުންނަ މީހަކީ ސިޔާސީ މީހަކަށްވުރެ ބޮޑަށް ހަޤީޤީ މާނައިގައި ސިޓީއާ ރައްޔިތުންގެ ބޭނުންތައް ދަންނަ މީހަކަށްވާން ޖެހެއެވެ. އައްޑޫސިޓީއަށް ދިމާވެފައިވާ ކަންކަން ހައްލުކުރަން ގެންނަންޖެހޭ އިސްލާހްތަކާއި، ސްޓްރެޓީޖިކް އައު ރޭވުންތަކާއި އިންސާނީ ވަޞީލަތް ތަރައްޤީކުރުމަކީ މިހާރު އައްޑޫސިޓީއަށް އެންމެ ބޭނުންވެފައިވާ ކަންކަމެވެ.

އާދިލް ވިދާޅުވާގޮތުގައި އައްޑޫސިޓީގެ ކުރިއެރުމަށް ބޭނުންވެފައިވާ އެފަދަ އެންމެހާ ކަންކަން ކުރިއަށްއޮތް ތަނުގައި ކުރެވޭނީ ސަރުކާރާ ގުޅިގެންނެވެ. އެގޮތުން އޭނާ ހުންނެވީ ސަރުކާރާ ގުޅިގެން އައްޑޫސިޓީގެ ކުރިއެރުމަށް ކުރެވެން ހުރި ކޮންމެކަމެއް ކުރުމަށް ތައްޔާރަށެވެ. އަދީލް ދެކިވަޑައިގަންނަވާގޮތުގައި މިކަން މިމަގުން ކުރިއަށް ގެންދެވޭނީ އައްޑޫސިޓީގެ މޭޔަރުކަމުގެ މަޤާމަށް ގާބިލް ބޭފުލަކު އިންތިހާބުކޮށްގެންނެވެ.

އަދީލް ވިދާޅުވީ އޭނާ ހުންނެވީ އައްޑޫސިޓީގެ ރައްޔިތުން ބޭނުންވާ ތަރައްޤީ ގެންނަން ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ތައްޔާރަށެވެ. ނަމަވެސް އެކަން އެގޮތަށް ކުރެވެން އޮތީ ސަރުކާރަށާއި އޭނާއަށް އިތުބާރުކޮށް ރައްޔިތުން ނިންމާ ނިންމުމެއްގެ މައްޗަށެވެ. އައްޑޫސިޓީގެ މޭޔަރުކަމުގެ ގޮނޑިއަށް އަދީލް ހޮއްވަވައިފިނަމަ ރައްޔިތުން އެދޭ އުފާފާގަތިކަން މުޅި އެސިޓީއަށް ގެނެވޭނޭކަމީ އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި ޝައްކެއް އޮތްކަމެއް ނޫނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...