ކާރެއް ޔޫ ޓާން ނަގަން އުޅުމުގެ ތެރޭގައި އެކްސިޑެންޓެއް ހިނގައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އަމީނީމަގުގައި ހުންނަ ރެހެންދި ފްލެޓް ކައިރީގައި ކާރެއް ޔޫ ޓާން ނަގަން އުޅުމުގެ ތެރޭގައި އެކްސިޑެންޓެއް ހިނގައިފިއެވެ.
މިއަދު ހެނދުނު ހިނގި މި އެކްސިޑެންޓުގެ ރިޕޯޓް ފުލުހުންނަށް ކޮށްފައިވަނީ 9:40 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ. ނަމަވެސް، ދެ އުޅަނދަކަަށް އެކި ވަރުގެ ގެއްލުން ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މިއަދު ހެނދުނު ވަނީ އެއާޕޯޓްގައިވެސް ވަނީ ކާރަކާއި ޕިކަޕެއް ޖެހި ނުރައްކާތެރި އެކްސިޑެމްޓެއް ހިގާފައެވެ. އެ އެކްސިޑެންޓްގައި އަނިޔާވި އެކަކަށް މިހާރުވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް