ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ހުޅުވާލައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީން ބުނީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ ރޭކުން ފެށިގެން މަތީ ރޭންކުތަކުގައި މިވަގުތު ތިބި އޮފިސަރުންނަށް އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ އެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރީން ހުންނެވި އިސްމާއީލް ނަވީން މަގާމުން ވަކިވެވަޑައިގަތުމުންނެވެ. ނަވީން ފުލުހުންގެ ހިދުމަތުން ވަކިވެވަޑައިގެންނެވީ ޝަރަފުވެރިކަމާއެކު އެވެ. 32 އަހަރު ހިދުމަތް ކުރެއްވި އެވެ.
ފުލުހުންގެ އިދާރާ މިވަގުތު ވަގުތީ ގޮތުން ހިންގަވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް