ކަނޑުމަތީގެ ގިނަ ހާދިސާތަކަކާއެކު މެދު ތެރޭގެ އަތޮޅުތަަކަށް ޔެލޯ އެލާޓް ނެރެފި
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މެދު ރާއްޖޭތެރޭގެ އަތޮޅުކަަށް މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ރާއްޖޭގެ ގައުމީ އިދާރާ މެޓް އިން ނެރުނު އިންޒާރުގައި ބުނެފައި ވަނީ، ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި،އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެ ކަމަށެވެ.
މެޓް އިން އިންޒާރު ނެރެފައި ވަނީ، ބ. އަތޮޅުން ފެށިގެން ދ އަތޮޅުގެ ރަށްތަކަށެވެ.
މެޓުން ޔެލޯ އެލާޓް ނެރެފައިވާއިރު މިއަދު އެކަނިވެސް ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ވަނީ ހިނގާފައެވެ.
އެގޮތުން ކޮއްދިއްޕަރު ކާރިއަށް ޕިކްނިކް ދިޔަ ބަޔަކު ކަނޑުމަތީ ހާލުގައި ޖެހުމާއި، ތާޖް އެގްޒޯޓިކާ ރިޒޯޓް ކައިރިއަށް ޑިންގީއެއް ބަންޑުންވުމުގެ އިތުރުން ޕާކްކޮށްފައިވާ އެއާ ޓެކްސީއެއް ކޮޅިގަނޑުގައި ޖެހި ގެއްލުންތަކެއް އެއާ ޓެކްސީއަށް ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް