ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނެ ގަޑިތައް އިއުލާނުކޮށްފި
އިލެކްޝަން ކޮމިޝަނުން މިއަދު ހާމަކޮށްފައިވާ ގަޑިތަކަކީ މީގެ ކުރިން ވެސް އިންތިޚާބުތަކުގައި ވޯޓުލުން ކުރިއަށް ގެންދާ ގަޑިތަކާއި މާ ބޮޑު ތަފާތެއް ނެތެވެ.
އެގޮތުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވޯޓުލުން ފެށުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން 16:00 ގެ ނިޔަަލަށެވެ.
ރާއްޖެއިން ބޭރުގައި ވޯޓު ފޮށިތައް ބަހައްޓާ ގައުމުތަކަށް ބަލާއިރު އިންޑިއާ އަދި ސްރީ ލަންކާގައި ވޯޓުލުން ކުރިއަށްދާނީ 8:30 އިން 16:30 ގައެވެ. މެލޭޝިއާގައި 11:00 އިން 19:00 އަށް ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު އިނގިރޭސިވިލާތުގެ ލަންޑަނުގައި ވޯޓުލުން ކުރިއަށްދާނީ 9:30 އިން 17:30 ގެ ނިޔަލަށެވެ.
މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ފޯރީގައި ކުރިއަށްދާއިރު މިފަހަރުގެ އިންތިޚާބުގައި ޖުމްލަ 264،589 މީހުންނަށް ވޯޓު ލުމުގެ ހައްޤު ލިބިފައިވެއެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް