ދިވެއްސަކަށް ތޫނު އެއްޗަކުން ހަމަލާދިން ބިދޭސީ މީހާގެ ބަންދަށް 15 ދުވަސް
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ދިވެއްސަކަށް ތޫނު އެއްޗަކުން ހަމަލާދިނުމާއި ގުޅިގެން ހައްޔަރު ކުރި ބިދޭސީ މީހާ 15 ދުވަހަށް ބަންދުކޮށްފިއެވެ.
ފުލުހުން މީގެ ކުރިން ބުނީ، ހުޅުމާލެ ފޭސް-1 ގައި ލަންސިމޫ މަގުގައި ބިދޭސީއަކު ދިވެއްސަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ބުދަ ދުވަހުގެ ހަވީރު ރިޕޯޓުކޮށްފައިވާ ކަމަށާއި، އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށެވެ.
އަދި އަނިޔާވެފައިވަނީ އެމީހާގެ އަތަށް ކަމަށާއި، ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މިމައްސަލައާ ގުޅިގެން ބިދޭސީ މީހާ ވަނީ ހައްޔަރުކޮށްފައިވާއިރު، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް މިއަދު ފުލުހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް