ޕޭމަންޓް ހަދާ ނިމުުމުން މުދާ ބަހައްޓާ ފަރާތްތަކާާއި މެދު ފިޔަވަޅު އަޅާނަން: އެޗްޑީސީ
ހުޅުމާލޭގެ އިންޑަސްޓްރިއަލް ޒޯންގެ ޕޭމަންޓް ހަދާ ނިމުމުން، އެތަނުގައި މުދާ ބަހައްޓާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް އެޗްޑީސީން ބުނެފިއެވެ.
ވޮއިސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެޗްޑީސީގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ހުޅުމާލޭގެ އިންޑަސްޓްރިއަލް ޒޯންގެ ދުވާރުގެ މަތީގައާއި މަގުމަތީގައި މުދާ ބަހައްޓާކަމުގެ ޝަކުވާ ލިބުމުން ފުލުހުންނާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ މިގޮތަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެ ސަރަހައްދުގެ ޕޭމަންޓްތަކުގައި ގާާ އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި މަސައްކަތް ނިމުމުން އެތަނުގައި މުދާ ބަހައްޓާ ފަރާތްތަކާއި މެދު އެންމެ ފުރިހަމަ ގޮތުގައި ފިޔަވަޅު އެޅިގެން ދާނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އަދި މިއީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރަމުން އަންނަ ކަމެއްކަަމަށް ވަނީ ބުނެފައެވެ.
އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަކުން ވޮއިސްއަށް މައުލޫމާތު ދިންގޮތުގައި މި މުދާތައް މަގުމަތީގައި ބަހައްޓަމުން ގެންދަނީ އެއް ފަރާތެއްގެ ގުދަންތަކެއްގެ ކައިރީގައިވާ ސަރަހައްދުގައެވެ. އެގޮތުން ލަކުޑިއާއި އެޅިގާވެސް ޕޭމަންޓް މަތީގައި ބަަހައްޓާފައި ހުންނަކަން އެފަރާތްތަކުން ވަނީ ފާހަަގަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް