ހަނިމާދޫ ގެއެއްގެ ތެރެއިން މަރުވެފައި އޮތް ފިރިހެނަކު ފެނިއްޖެ
ހދ.ހަނިމާދޫ ގެއެއްގެ ތެރެއިން މަރުވެފައި އޮތް ފިރިހެނަކު ފެނިއްޖެއެވެ.
މި ހާދިސާ އާއި ގުޅިގެން ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނިފައިވަނީ 64 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، މި މީހާ އަކީ އެރަށު ގެއެއްގެ ކޮޓަރިއެއްގައި ކުއްޔަށް އުޅޭ މީހެއް ކަމަށެވެ.
އެ މީހާ ރޭގައި ކޮޓަރިއަށް ވަތް ގޮތަށް ހަބަރު ނުވާކަމަށް މިއަދު ފުލުހުންނަށް މައުލޫމާތު ލިބުމާއި ގުޅިގެން އެ ކޮޓަރިއަށް ވަދެ ބެލިއިރު އެ މީހާ ފެނިފައިވަނީ އެއްވެސް ހަރަކާތެއް ނެތި އެނދު މަތީގައި އޮއްވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ އެރަށު ސިއްހީ މަރުކަޒަށް އެ މީހާ ގެންދިޔަ އިރުވެސް އެ މީހާ ނިޔާވެފައިވާ ކަމަށް މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
ފުލުހުން އަންނަނީ މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް