ސަރުކާރު ވައްޓާލާކަށް ނޫޅެން، ހަމަނުޖެހުމެއް ނުއުފައްްދާނަން: ނަޝީދު
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
"ވަޒީފާ ބުރާސްފަތި" ނަމުގައި މިރޭ އޮންނަ މުޒާހަރާއަށް ނިކުންނަނީ ސަރުކާރު ވައްޓާލަން ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ ސަންގުޓީވީގައި ވާހަކަ ދައްކަވަމުންނެވެ. ނަޝީދުގެ ޗެއާޕާސަން ކަމުގައި ފުރަތަމަ ފަހަރަށް މިރޭ މާލޭގައި މުޒާހަރާ ކުރާނެ އެވެ. މިރޭ މުޒާހަރާ ކުރަނީ ސިޔާސީ ބޭނުމަށް މުވައްޒިފުން ވަޒީފާއިން ވަކިކުރާ ކަަމަށް ބުނެ އެވެ.
މުޒާހަރާ ކުރަނީ "ވަޒީފާ ބުރާސްފަތި" ނަމުގަ އެވެ. ނަޝީދު ވިދާޅުވީ މިރޭ އޮންނާނީ ސުލްހަވެރި ހިނގާލުމެއް ކަމަށެވެ. އަދި އަޑުއުފުލި ނަމަވެސް އެމްޑީޕީން ނިކުންނަނީ ސަރުކާރު ވައްޓާލަން ނޫން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ފުލުހުންނަށް ވެސް އިލްތިމާސްކުރަން މިއީކީ ސަރުކާރު ވައްޓާލަން ނިކުންނަނީއެއް ނޫން. މިއީ ސުލްހަވެރި ހިނގާލުމެއް, މުޒާހަރާއެއް, އަޑު އުފުލުމެއް," ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވަނީ މިރޭގެ މުޒާހަރާގައި އެއްވެސް ހަމަނުޖެހުމެއް ނުހިންގާނެ ކަމަށާ ފުލުހުންގެ އެހީތެރިކަން ފުރިހަމަ ގޮތުގައި ދެއްވުމަށް ވެސް އެދިވަޑައިގެންފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް