އަލީ ރަމީޒުގެ ސުވާލެއް: ފުރައްސާރަ ނުކޮށް ވެރިކަން ކުރާ މަންޒަރު ފެންނާނީ ކޮން ދުވަހަކުން؟
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ފުރައްސާރަ ނުކޮށް ވެރިކަން ކުރާ މަންޒަރު ފެންނާނީ ކޮން ދުވަހަކުންތޯ ދާރިސް ޓީވީގެ ސްޓޭޝަން މެނޭޖަރ ޢަލީ ރަމީޒު ސުވާލު އުފައްދަވައިފިއެވެ.
އަލީ ރަމީޒު މިފަދައިން ސުވާލު އުފައްދަވާފައި ވަނީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
"އެކަކު އަނެކަކަށް ފުރައްސާރަ ނުކޮށް، އޭތި މީތި ނުގޮވައި، ވެރިކަން ކުރާ މަންޒަރު މި ރާއްޖެއިން ފެންނާނީ ކޮން ދުވަހަކުން؟"
ޢަލީ ރަމީޒު
އަލީ ރަމީޒު މިފަދައިން ސުވާލު އުފައްދަވާފައިވާއިރު، ޚާއްޞަކޮށް ސިޔާސީ ފަރާތްތަކުން އެއްބަޔަކު އަނެއްބަޔަކަށް ކުރާ ފުރައްސާރައާއި، އެކަކު އަނެކަކަށް ނޭދެވޭ ބަސްތަކުން ރައްދު ދިނުން މިފަހަކަށް ވަނީ އާއްމުވެފައެވެ.
ޚާއްސަކޮށް ރޭގައި، ސަރުކާރު ހިންގާ ޕީއެންސީ އާއި، އިދިކޮޅު އެމްޑީޕީ އަދި ޕީއެންއެފްގެ ޖަގަހަ ޖަލްސާއެއް އެކުއެކީ ކުރިއަށް ދިޔައިރު އިދިކޮޅު ދެޕާޓީން ސަރުކާރަށް އެކި ފުރައްސާރައާއި ރައްދުތައް ދެމުން ދިޔައިރު، ސަރުކާރުންވެސް ވަނީ އިދިކޮޅު ފަރާތްތަކަށް ބަހުގެ ހަމަލާތައް އަމާޒުކޮށްފައެވެ.
އެގޮތުން ދެފަރާތުން ދެމުންދިޔަ ބަހުގެ ހަމަލާ ތަކުގައި، މަލާމާތާއި ފުރައްސާރައާއި އެކި ނޭދެވޭ ބަސްތައް ބޭނުން ކުރަމުންދިޔަކަން ފާހަގަކޮށްލަންޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް