ލަންކާގައި ބުދަކަށް ގެއްލުންދިން މައްސަލައަކާއި ގުޅިގެން ދިވެއްސަކު ހޯދަނީ
ސްރީލަންކާގައި ބުއްދާގެ ބުދަކަށް ގެއްލުންދިން މައްސަލައަކާއި ގުޅިގެން އެގައުމުގެ ފުލުހުން ދިވެއްސަކު ހޯދަން އިއުލާންކޮށްފިއެވެ.
މި އިއުލާން ވަނީ އެގައުމުގެ ފުލުހުންގެ މީޑިޔާ ޑިވިޝަންގެ ފޭސްބުކް ޕޭޖުން އާންމުކޮށްފައެވެ.
އެ އިއުލާނުގައި ބުނެފައިވަނީ 2018ވަނަ އަހަރުގެ ޑިސެމްބަރ މަހުގައި މާވަނެއްލާ ހިސާބުގައި ހުރި ބުއްދާގެ ބުދަކަށް ގެއްލުންދިން މައްސަލައެއްގައި ހިމެނޭ މައި މީހަކާއި ގުޅުންހުރި ބޭރު ގައުމެއްގެ ފަރާތެއް ހައްޔަރުކުރުމަށް، އެގައުމުގެ ފުލުހުންގެ ސީއައިޑީން ތަހުގީގެއް ފަށާފައިވާ ކަމަށެވެ.
ލަންކާގެ ފުލުހުން ބުނީ އެ ބޭރު ގައުމުގެ މީހާއަކީ 30އަހަރާއި 35 އަހަރާއި ދެމެދުގެ މީހެއްކަމަށެވެ.
އަދި އެމީހާގެ މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ އެގައުމުގެ ފުލުހުންގެ ސީއައިޑީގެ ނަންބަރު 011-2326936 ނުވަތަ ފުލުސް އޮފިސަރުގެ ނަންބަރު 0718591774 އަށް ގުޅުމަށް ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް