ހަދީޖާ އިބްރާހިމް (ކުޑަ ހައްޖަ)
ހަދީޖާ އިބްރާހިމް (ކުޑަ ހައްޖަ)
ލައިފްސްޓައިލް 16 Apr 2025 | 09:33

ހައްޖަ ފިލްމީ މަސައްކަތާއި އަބަދަށް އަލްވަދާއު ކިޔައިފި

ލިޔުންތެރިޔާ

އަހުމަދު ހަމީދު އާދަމް

ފިލްމީ މަސައްކަތުން ބޮޑު މަގުބޫލު ކަމާއި މަޝްހޫރު ކަމެއް ހޯދި ހަދީޖާ އިބްރާހިމް ފިލްމީ މަަސައްކަތަށް އަބަދަށް އަލްވަދާއު ކިޔާކަން ހާމަކޮށްފި އެވެ.

"ކުޑަ ހައްޖަ" ގެ ނަމުން މަޝްހޫރުވި ފިލްމީ ތަރި, އެކަން ހާމަކުރީ ވީޑިއޯ މެސެޖެއްގަ އެވެ. ދިވެހިއެފް އިން އާންމުކުރި ކުރު އެ އިންޓަވިއުއެއްގައި ހައްޖް ބުނީ ދެން ފިލްމީ މަސައްކަތަކުން ނުފެންނާނެ ކަަމަށެެވެ.

"ހިތަކުވެސް ދެން ނެތް ފިލްމީ އެއްވެސް މަސައްކަތެއް ކުރާކަށް,"

ހައްޖަ ބުނީ ޓެޑްރީގެ "ލަސްވިޔަސް" އަށް ފަހު ފިލްމީ ދާއިރާއަށް އަބަދަށް އަލްވަދާއު ކިޔަން ކުރީން ވެސް އޮތީ ގަސްތު ކޮށްފައި ކަމަށެވެ.

އުމުރުން 19 އަހަރުގައި ހައްޖަ ފިލްމީ މަސައްކަތަށް ނިކުތީ ލަވަ އަކުންނެވެ. އެއީ ދިވެހީންގެ ތެރޭގައި ވަރަށް މަޝްހޫރުވި "ވައުދެއް މިރޭ ވާނަން" މި ލަވަ އެވެ. އޭނާގެ ފުރަތަމަ ފިލްމަކީ "ވެހޭ ވާރޭ ތެރޭން" ނެވެ. އެ ފިލްމުގައި ކުޅުނީ ވިލަންގެ ރޯލެކެވެ. ގިނަ ބަޔަކަށް ހައްޖުގެ ހުނަރު އެ ފިލްމުން ފާހަގަވި އެވެ.

އޭގެ ފަހުން ޓީވީ މޯލްޑިވްސް އިން ދެއްކި "ހިނިތުން ވެލާށޭ ކަލާ" މި ޑްރާމާ ސިލްސިލާ އިން ހައްޖަގެ ވިދުން ވަރަށް ގަދަވި އެވެ. އެ ސިލްސިލާ ގައި ހައްޖަ ފެނުނީ ވަރަށް ތަފާތު ރޯލަކުންނެވެ. މީގެ އިތުރުން "ވައިރޯޅިއަށް ވެސް ސިއްރުން" ޑްރާމާ ސިލްސިލާ އިން ވެސް ހައްޖައަށް ބޮޑު ތަރުހީބެއް ލިބުނެވެ.

ދިވެހި ފިލްމު "އޭނާ" އާއި "އެދަތުރު" އާއި "އެންމެ ފަހު ވިންދާ ޖެހެންދެން" އަދި "ލޫދިފާ" ފަދަ ފިލްމުތަކަކީ ވެސް ހައްޖަގެ ކުޅަދާނަ އެކްޓިން ފެނިގެންދިޔަ ފިލްމުތަކެވެ.

ފިލްމީ މަސައްކަތާއި ދުރަށް ދިއުމުގެ ކުރީން ހައްޖަށް ވަނީ ބުރުގާ އަޅާފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް