N/A
N/A
ހަބަރު 06 Jan 2019 | 06:18

ޖެހިޖެހިގެން ހޯދި ފަސްވަނަ މޮޅާއެކު ޔުނައިޓެޑް އެފްއޭ ކަޕްގެ ހަތަރުވަނަ ބުރަށް

ހުރިހާ މުބާރާތަކުން މެންޗެސްޓާ ޔުނައިޓެޑް ހޯދި ފަސްވަނަ މޮޅާއެކު އެޓީމް އެފްއޭ ކަޕްގެ ހަތަރުވަނަ ބުރަށް ގޮސްފިއެވެ.

ރެޑިންގް އަތުން 2-0 ޔުނައިޓެޑް މޮޅުވި މެޗުގައި ލަނޑުތައް ޖަހައިދީފައިވަނީ މަޓާ އަދި ލުކާކޫއެވެ. މަޓާގެ ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. އަދި ލުކާކޫގެ ލަނޑާއެކު އޭނާ އެފްއޭ ކަޕްގައި އެންމެ ފަހުން ކުޅުނު 14 މެޗުގައި ޖެހި ލަނޑުގެ އަދަދުވަނީ 13 އަށް އަރާފައެވެ.

މެޗުގައި ފެނުނު ލަނޑުތައް ހަމައެކަނި ޔުނައިޓެޑުގެ ފަރާތުން ފެނުނު ނަމަވެސް ރެޑިންގްވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްފައެވެ. ގިނަ ހަމަލާތަކުގެ ހުރަހަކަށް ޔުނައިޓުގެ ކީޕަރު ރޮމޭރޯވީއިރު ދެން ފޮނުވާލި ހަމަލާތައް ރެޑިންގްއަށް ގޯލާ އަމާޒުކޮށް ނުލެވުނީކަން ފާހަގަކޮށްލެވެއެވެ.

މޮޅުވުމުގެ އިތުރުން ގިނަ ލަނޑުތަކެއް ޖަހަމުން އަންނަ ޔުނައިޓެޑް މި މެޗުގައި ފެނުނީ ވަރަށް އާދައިގެކޮށެވެ.

ޗެންޕިއަންޝިޕްގެ ފުލުން ދެވަނައިގަ އޮތް ރެޑިންގްގެ ކޯޗް ގޯމޭސް މެޗަށްފަހު ބުނީ ބަލިވުމަކުން އޭނާގެ ޓީމުގެ ކޮންފިޑެންސް ނުގެއްލޭނެކަމަށެވެ. ރެޑިންގް އަކީ ދެވަނަ ޑިވިޝަނުގެ ޓީމެއް ކަމަށައި ނަމަވެސް ކުޅެން ޖެހުނީ ޔުނައިޓެޑައި ކަމަށެވެ. މެޗުގައި އޭނާގެ ޓީމް ދެއްކި ކުޅުމުން މުސްތަގްބަލައިމެދު އުންމީދޫ އައުވެއްޖެ ކަމުގައިވެސް ދާދި ފަހުން އެޓީމައި ހަވާލުވި ގޯމޭސް ބުނެފައިވެއެވެ.

ޔުނައިޓެޑުގެ ކެއާ ޓޭކާ މެނޭޖަރ ޝޯލްޝާ ބުނީ މެޗުގައި އޭނާގެ ޓީމުގެ ފަރާތުން މާ އެދެވޭ ކުޅުމެއް ނުފެނުނީ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްފައިވުމުން ކަމަށެވެ. ގިނަ ދުވަހު އެއްކޮށް ނުކުޅޭ ކުޅުންތެރިންތަކެއް ދަނޑަށް އަރުވައިގެންވެސް ދެ ކާމިޔާބުކޮށް ޖެހިގެން އޮތްބުރަށް ޔުނައިޓެޑް ދަތުރު ކުރުމުން ހިތްހަމަޖެހޭ ކަމުގައިވެސް ޝޯލްޝާ ބުންޏެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގަ އެރުވި ފުރަތަމަ އެގާރައަށް ޖުމްލަ ނުވަ ބަދަލު ގެނެސްގެން ކުޅުނު ޔުނައިޓެޑުގެވަނީ މި މެޗަށްފަހު ހޫނު މާހައުލެއްގައި ތަމްރީނުތައް ހެދުމަށް ދުބާއީއަށް ދަތުރުކޮށްފައެވެ.

އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގެ އެހެން މެޗުތަކުގެ ނަތީޖާތަކަށް ބަލާލާއިރު 3-1 ކުން ބޯންމައުތްގެ މައްޗަށް ބްރައިޓަން ކުރި ހޯދިއިރު ވެސްޓް ހަމްވަނީ 2-0 ބަރމިންގްހަމް ސިޓީ ބަލިކޮށްފައެވެ. ރަނގަޅު ފޯމަކަށް އެޅިފައިވާ ޓޮޓެންހަމް ހަތަރުވަނަ ބުރު ކަށަވަރުކުރީ ޓްރަންމިއާ ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލުމަށްފަހުއެވެ. އެ މެޗް ޓޮޓެންހަމް ކާމިޔާބުކުރީ 7-0 ކުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...