'ޤަޟާއީ އަހަރު 2024' އިފްތިތާހުކޮށްފި
ޝަރުއީ ދާއިރާގެ މަސައްކަތްތައް ފެށުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ 'ޤަޟާއީ އަހަރު 2024' އިފްތިތާހްކޮށްފިއެވެ.
'ޤަޟާއީ އަހަރު 2024' އިފްތިތާހްކޮށްދެއްވާފައިވަނީ މިކަމަށްޓަކައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ރޭ ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒެވެ.
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނާއި ޝަރުއީ ދާއިރާއާއި އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ޝަރުޢީ ދާއިރާއަށް 35 އަހަރަށްވުރެ ދިގުމުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށް އެބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން އަރުވާ ހަނދާނީ ފިލާ ރައީސް ޑރ.މުއިއްޒު ވަނީ އެބޭފުޅުންނާއި ހަވާލުކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތުގެ ބޭއްވުމުގެ އެންމެ މުހިންމު މަޤްސަދަކީ ޝަރުޢީ ދާއިރާއިން ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލުވީ މިންވަރު ދެނެގަނެ ފެށޭ އަހަރަށް ލަނޑުދަނޑިތައް ކަނޑައެޅުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް