ރާއްޖެއާއި ޖަޕާންގެ ޕޮލިސީ ޑައިލޮގްގެ ދެވަނަ ބުރު ބާއްވައިފި
ދިވެހިރާއްޖެއާއި ޖަޕާނާއި ދެމެދު ބާއްވާ ޕޮލިސީ ޑައިލޮގްގެ ދެވަނަ ބުރު މިއަދު މާލޭގައި ބާއްވައިފިއެވެ.
މި ޑައިލޮގްގެ ފުރަތަމަ ބުރު ބާއްވާފައިވަނީ 2018 ވަނަ އަހަރު ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައެވެ.
މި ޑައިލޮގަކީ ދިވެހިރާއްޖެއާއި ޖަޕާނާއި ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް، އިތުރަށް ހަރުދަނާކުރުމަށް ބާއްވާ ފޯރަމެކެވެ. ދިވެހިރާއްޖޭގެ ފަރާތުން މި ޑައިލޮގްގައި ބައިވެރިވެވަޑައިގެންނެވި ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލުއެވެ.
ޖަޕާނުގެ ފަރާތުން އެންމެ އިސްކޮށް ހުންނެވީ ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ސައުތު އީސްޓް އެންޑް ސައުތު ވެސްޓް އޭޝިއަން އެފެއަރޒް ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް މރ. ޝިގެކީ ޓަކިޒާކީ އެވެ.
މި ޑައިލޮގްގައި ދެޤައުމުގެ މެދުގައި އިޤްތިޞާދީ އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުންނާއި، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ އެކި ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް