N/A
N/A
ހަބަރު 19 Mar 2019 | 11:54

އޭރު އެއާޕޯޓުތައް އެޅުން ގޯސް، މިހާރު ދައްކަނީ އިތުރު އެއާޕޯޓު އަޅާ ވާހަކަ!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއާޕޯޓުތައް އަޅަން ފެށުމުން އިދިކޮޅު ފަރާތްތަކުން އެކަމާއި ދެކޮޅަށް ވަރަށް ގިނަ ވާހަކަތައް ދެއްކިއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ވިސްނުންފުޅަކަށް ވެފައި އޮތީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއާޕޯޓު އަޅައިގެން ޓޫރިޒަމް ފުޅާކުރުމަށެވެ.

އެހެން ނަމަވެސް އޭރު އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިއްބެވި، މިހާރުގެ ސަރުކާރުގެ ވަޒީރުންނާއި ޚުދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙު ވެސް އެއާޕޯޓުތައް އިތުރު ކުރުމާއި ދެކޮޅު ހެއްދެވިއެވެ.

ރައީސް ޔާމީނުގެ ސަރުކާރުގައި އެއާޕޯޓުތައް އިތުރު ކުރެއްވުމަށް ގެންގުޅުއްވި ސިޔާސަތަށް ފާޑު ވިދާޅުވަމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ކޮންމެ ރަށެއްގައި އެއަރޕޯޓެއް އެޅުމުގެ ވިސްނުން ދޫކޮށްލައި، ހަރުދަނާ، އަގުހެޔޮ ފެރީގެ ނިޒާމަކުން ރައްޔިތުންނަށް ފައިދާ ބޮޑު ވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިއަށް ޖެހިލާއިރު އެއާޕޯޓުތައް އިތުރުކުރުމަކީ "ވޯޓާއި ދިމާކޮށް ދައްކާލާ ދަޅައެއް"ގެ ގޮތުގައި ސިފަކުރިއެވެ. އެއީ ރައްޔިތުންގެ ފައިސާ ބޭކާރު ގޮތުގައި ޚަރަދުކުރުން ކަމުގައި ވެސް ވާހަކަ ދެކެވުނެވެ.

އެހުރިހާ ވާހަކަތަކެއް ދެއްކި އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުންގެ ރާގު މިއަދު ވަނީ ބަދަލުވެފައެވެ. ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބޯމަތިވެފައިވާއިރު ދައްކަމުން ގެންދަނީ އިތުރު އެއާޕޯޓުތައް އަޅާ ވާހަކައެވެ.

ނ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބޭއްވި ކެމްޕެއިން އިވެންޓެއްގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ހާމަކުރެއްވި ގޮތުގައި އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިތުރު އެއާޕޯޓްތައް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

އެއާޕޯޓުތައް އެޅުމަށް ހިންގާ މަޝްރޫޢުގެ ތަފްސީލެއް ނުދެއްވި ނަމަވެސް ރައީސް ވަނީ އެ އެއާޕޯޓް ތަރައްޤީކުރާ ފަރާތަށް ސަރުކާރުން ރަށެއް ނުވަތަ ރަށްތަކެއްދޭންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެފަރާތްތަކަށް ދޭނެ ބައެއް ރަށްތައް ވެސް އެ ސަރުކާރުން ފާހަގަކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެއާޕޯޓުތައް އެޅުމާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިބެ ރައީސް ސޯލިހާއި އެމްޑީޕީން ދެއްކީ ތާކުން ތާކު ނުޖެހޭ ވާހަކަ ހެއްޔެވެ؟ ނުވަތަ އެއީ ރައީސް ޔާމީނުގެ އިޤްތިސާދީ ސިޔާސަތު ފެއިލް ކޮށްލުމަށް ދެއްކެވި ވާހަކަތަކެއް ހެއްޔެވެ؟

އެހެން ނުވާނަމަ ރައީސް ސޯލިހްގެ ވެރިކަމުގައި ވެސް އެއާޕޯޓުތައް އެޅުމުގެ ވައުދު މިވަނީ ވޯޓު ހޯދަން ކަމަށް ބެލެވިދާނެއެވެ. ނުވަތަ ވިސްނުންތެރިކަމެއް ނެތި ދެއްކެވި ވާހަކަފުޅަކަށް ވެސް ވެދާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...