ރިޔާސީ އިންތިޚާބާއި ދިމާކޮށް 170 މީހަކަށް ވަޒީފާ ދީފައިވޭ: ފެނަކަ އެމްޑީ
މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާ ދިމާކޮށް ފެނަކަ އަށް 170 މުވައްޒަފުން ވައްދާފައިވާ ކަމަށް އެ ކުންފުނީގެ މޭނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސިޔާސީ ބޭނުމަށް މުވައްޒަފުން ފެނަކައިން ވަކިކުރަ ކަމަށް ބުނެ އެކުންފުނީގެ އިސްވެރިންތަކެއް މިއަދު މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރަ މިންވަރު ބަލާ ކޮމިޓީއަށް ވަނީ ހާޒިރުކޮށްފައެވެ. އެ ކޮމިޓީގެ މެންބަރުން ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފެނަކައިގެ އެމްޑީ ސައީދު ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރާއި ދިމާކޮށް ފެނަކައިގެ އެމްޑީ ސައީދު ވިދާޅުވެފައިވަނީ ރިޔާސީ އިންތީޚާބައި ދިމާކޮށް ފެނަކައަށް 170 މުވައްޒަފުން ވައްދާފައިވާކަމަށެވެ.
އިތުރަށް ވަހަކަދައްކަވަމުން އޭނާ ވިދާޅުވެފައިވަނީ އާ މެނޭޖުމެންޓުން ފެނަކައާއި ހަވާލުވިފަހުން 53 މުވައްޒަފުން ވަކިކޮށްފައިވާކަމަށެވެ. އޭގެ ތެެރެއިން 11 މުވައްޒަފުން ވަކިކޮށްފައިވަނީ ކުންފުނީގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރި ވެގެން ކަމަށާއި އަދި އެކަމާއި ގުޅޭ ރެކޯޑްތައް ވެސް އެބަހުރި ކަމަށް އޭނާ ވަނީ ވިދޅުވެފައެވެ. އަނެއް 39 މުވައްޒަފުންނަކީ ވަޒީފާއަށް ހާޒިރު ނުވުމުގެ ސަބަބުން ފިޔަވަޅު އަޅާފައިވާ މުވައްޒަފުން ކަމަށ ސައީދު ފާހަގަކުރެއްވިއެވެ. އަދި އެމީހުންގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާ ނުކުރާ ކަމުގެ ރެކޯޑްތައްވެސް ހުންނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެއެވެ.
ރިޔާސީ އިންތިޚާބާއި ދިމާކޮށް ގިނަ ކުންފުނި ތަކަށް މުވައްޒަފުން ވެއްދި ކަމުގެ ޝަކުވާ ގިނަ ބަޔަކުކޮށްފައިވެއެވެ. އަދި މިހާރު ސަރުކާރު ކުންފުނި ތަކާއި، ސަރުކާރުގެ ބައެއް އިދާރާތަކުން މުވައްޒަފުން ސިޔާސީ ބޭނުންތަކުގައި ވަކިކުރާ ކަމުގެ ޝަކުވާ ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް