ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކާރެއްގައި ޖެހި އެކްސިޑެންޓް ވެއްޖެ؛ ސައިކަލު ދުއްވި ޒުވާނާގެ ލައިސަންސެއް ނެތް
ލިޔުންތެރިޔާ
އަޙްމަދު އާހިލް ސަޢީދު
ބޮޑުތަކުރުފާނު މަގުގައި ހެނދުނު ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓެއް ފުލުހުންނަށް ރިޕޯޓުކޮށްފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 11:20 ހާއިރު ވިލާ ކޮލެޖު ކައިރިންނެވެ. ބާރު ސްޕީޑުގައި އައި ސައިކަލު ވެއްޓި ކަހާލައިގެން ގޮސް ޖެހިފައި ވަނީ އެ ވަގުތު ޔޫ ޓާން ނެގުމަށް މަސައްކަތްކުރި ކާރެއްގައެވެ.
ސައިކަލު ދުއްވަން އިނީ 18 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ އިރު ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
އެ މީހާގެ އަތުގައި ސައިކަލު ދުއްވުމުގެ ލައިސަންސެއް ނެތް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ސައިކަލު ވަނީ ޓޯކޮށްފާވާއިރު، މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް